|
ކޮންމެއަކަސް ނިންމާލަމުން އަޅުގަނޑު ބުނެލަން ބޭނުންވާ ވާހަކައަކީ، އިހަކަށް ދުވަހު ޕޮލިސް ސަރވިސްއާއި އެމް.އެން.ޑީ.އެފް އާއި ގުޅިގެން ޖަލުގައި ހިންގި އޮޕަރޭޝަނުން ފެނުނު ބޮން ހަދަން ބޭނުންކުރާ ބާވަތުގެ ސާމާނާއި ޖިހާދުކުރުމަށް ބާރުއަޅާ ފޮތްތަކުގެ ވާހައަކީ ނިމިދިޔަ ވެރިކަމުގެ ދުވަސްވަރު އެމް.ޑީ.ޕީން ހެދިގޮނޑުދޮށުގައި މުޒާހަރާ ކުރަން އުޅުމުން، ސްޓަރފޯސް ލައްވައި މައުމޫނު ކުޅުވި ޑްރާމާއާ އެއްވެސް ތަފާތެއް ނެތް ޑުބްލިކޭޓެކެވެ. އެއީ އެމް.ޑީ.ޕީ އާމެދު ރައްޔިތުންގެ ހިތުގައި ކިލަނބު އުފެއްދި ގޮތަށް މިފަހަރުގެ މަޖިލީހަށް ކުރިމަތިލާފައި ތިބި ދީނީ މީހުންނާ މެދު ޢާއްމުންގެ ވިސްނުން ތަޣައްޔަރު ކުރުމަށްޓަކައި ހަމަ ކަނޑައެޅިގެން ކުޅުވި ޑްރާމާއެކެވެ. |


ޖަލަށް ވެއްދުން ހުއްދަކުރާ ބައެއްތަކެތި އަލުން ވެއްދުމާމެދު ދެވަނަ ވިސްނުމަކަށް ދާންޖެހިފައިވާކަމަށް ޑީޕީއާރުއެސްއިން ވިދާޅުވެއްޖެއެވެ. މާފުށި ޖަލުގެ ކަންތައްތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ޑީޕީއާރުއެސް ޓީމުގެ އިސްވެރިއެއްގެގޮތުން ހަރަކާތްތެރިވާ ސްޕްރިންޑެންޓް މުހައްމަދު ހުޝާމް ވިދާޅުވީ، ގައިދީންނަށް ދޭންވާ އަސާސީ ޚިދުމަތްތައް މިހާރު ފޯރުކޮށްދެވެމުންދާ ކަމަށާ، އެނޫން ޚިދުމަތްތައް ދެވޭނެދުވަހެއް އަދި ނޭނގޭ ކަމަށެވެ. އަދި އެކަމާ ވިސްނާނީ، ޖަލުގެ ހަލާކުކޮށްފައިވާ ގޮޅިތަކުގެ މަރާމާތު މުޅިންނިމި ހަމަޔަކަށް އެޅުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.ޖަލަށް ވެއްދުމުގެ ހުއްދަ ދީފައިވާ ބައެއް ތަކެތީގެތެރޭގައި ހިމެނޭ ޑީވީޑީ ޕްލެއަރ، ޓީވީފަދަ ތަކެތި ވެއްދުން ހުއްދަކުރުމާމެދު ދެވަނަ ވިސްނުމަކަށް ދާންޖެހުނީ އެފަދަ ތަކެތީގެ ބޭނުންކޮށްގެން ނުރައްކާތެރި ގޮވާޒާތުގެ ތަކެތި ހެދުމަށް މަގުފަހިކޮށްދޭ ތަކެތީގެގޮތުގައި އެތަކެތި ހިމެނޭތީ ކަމަށްވެސް ސްޕްރިންޑެންޓް މުހައްމަދު ހުޝާމް ވިދާޅުވިއެވެ. 
އައު ޤާނޫނު އަސާސީން ތަޢާރަފުވެގެން ދިޔަ އެންމެ ބޮޑު އިޞްލާޙަކީ ރައްޔިތުން މާ ރަނގަޅަށް ތަމްސީލުކުރާ، މާ ބާރުގަދަ ރައްޔިތުންގެ މަޖިލީހެއް އުފެއްދުމެވެ. އައު މަޖިލީހުގައި ތިއްބަވާނީ ހަމައެކަނި އިންތިޚާބުކުރެވިފައިވާ މެމްބަރުންނެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ޢަދަދު 42 އިން 77 އަށް އިތުރުވެގެން ދިއުމެވެ. ޤާނޫނު އަސާސީގެ 296 ވަނަ މާއްދާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 15 ފެބްރުއަރީ 2009 ގެ ކުރިން ބާއްވައި، އައު މަޖިލީހުގެ ފުރަތަމަ ޖަލްސާ 1 މާރޗް 2009 ގެ ކުރިން ބޭއްވުން ލާޒިމުކޮށްފައެވެ. ރާއްޖޭގައި ތިއްބެވި މަޝްހޫރު ބައެއް ޤާނޫނީ ވަކީލުން ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ސުޕްރީމްކޯޓުން ވަނީ، ސުނާމީއެއްފަދަ ޤުދްރަތީ މުޞީބާތެއް ކުރިމަތިނުވާހާ ހިނދަކު ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ތާރީޚުތަކަށް އިޙްތިރާމުކުރަންޖެހޭނެކަމުގައި ނިންމަވާފައެވެ. އެހެންނަމަވެސް، ޤައުމުގައިވާ އެންމެ މަތީ ޝަރުޢީ މުއައްސަސާގެ މި ތާރީޚީ ނިންމެވުމަށް ސަރުކާރުން އަނެއްކާވެސް ހަމައެކަނި އިޙްތިރާމު ނުކުރެއްވީއަކީ ނޫނެވެ. އެ އިންތިޚާބު ކަނޑައެޅިފައިވާ ތާރީޚުގައި ނުބާއްވަން ކުރެވޭނެ ހުރިހާ ކަމެއްވެސް ކުރެއްވީއެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެން ތިއްބެވި މެމްބަރުންނާއި، ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރުން ވަނީ އިންތިޚާބު ލަސްވުމަށް މަގުފަހިވާނޭ ގޮތަށް މަޖިލީހުގައި ވޯޓުދެއްވާފައެވެ. 1 މާރޗް 2009 ގެ ފަހުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ ޙައިސިއްޔަތު ނެތްކަން ސުޕްރީމް ކޯޓުގެ ނިންމެވުމާއި، ޤާނޫނު އަސާސީގެ ކަނޑައެޅުމުން ވަރަށް ސާފުކޮށް އެނގެއެވެ..
ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަމެކެވެ. ރައްޔިތުންގެ ވެރިކަމެއްގައި އޮންނާނީ ރައްޔިތުންގެ ބާރެވެ. ރައްޔިތުން ބޭނުން ވާހަކައެއް ދެއްކޭނެއެވެ. ޚިޔާލު ފާޅުކުރެވޭނެއެވެ. އެކަމަކު ޚިޔާލު ފާޅުކުރަމުން ގޮސް އިމުން ބޭރުވުމަކީ ޑިމޮކްރަސީއެއްގައިވެސް އޮންނަ ގޮތެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ޚާއްޞަ ޢިނާޔަތްތަކެއް ލިބިވަޑައިގެން ތިއްބަވާ ބޭފުޅުން ކޮޅެކެވެ. މަޖިލީހުގައި ދައްކަވާ ވާހަކަފުޅަކުން އެބޭފުޅުންގެ މައްޗަށް ޝަރީޢަތެއް ހިންގުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ މަނާކުރާ ކަމެކެވެ. އެކަމަކު ރާއްޖޭގައި ޤާނޫނު އަސާސީއަށްވުރެ މާވަރުގަދަ އެއްޗެއް އެބަ އޮތެވެ. އެއީ އިސްލާމްދީނެވެ. ކީރިތި ޤުރުއާނެވެ. ﷲގެ ޤާނޫނެވެ. ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފަށް ހެދޭ ކޮންމެ ޤާނޫނެއް ބާޠިލުވާނެއެވެ. އެހެންވީމާ މިއީ ޤާނޫނު އަސާސީވެސް އެއްބަސްވާ ކަމެކެވެ.
ޒަކީއެވެ! ކަންކަމުގެ ޙަޤީޤަތް އެނގެނީ އަދިއެވެ. މީގެ ކުރިން ތިޔަބައިމީހުން ލިޔުމެއްގެ ވާހަކަވެސް ނުދައްކަވައެވެ. އެލިޔުން ލިޔުމުގެ މަޤްޞަދަކީ ކޮބައިތޯއެވެ؟ ތިޔަވިދާޅުވާ ބޭފުޅާ ލިޔުއްވާފައިވާ ލީފްލެޓްގައި ޤުނޫތު ކިޔުމާމެދު އައިސްފައިވާ ރިވާޔަތްތައް ޞައްޙަ ނޫންކަމަށް ޙުކުމް ކުރައްވާފައިވާއިރު ބުޚާރީ ފަދަ ޙަދީޘްގެ އެންމެ ޞައްޙަ ފޮތްތަކުގައި ހުރި ޙަދީޘްތަކަށް ހަދަންވީ ކިހިނެއްތޯއެވެ؟